ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ އެމްއެންޑީއެފް އިން ކޮންޓްރޯލްކޮށްފި
ށ. ފުނަދޫގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ރޯވި އަލިފާންގަނޑު ނިއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހުއްޓުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، ސިފައިންނާއި އާންމުން ގުޅިގެން ކުރި ބުރަ މަސައްކަތުން މިހާރު އަލިފާންގަނޑުގެ 90 އިންސައްތަ ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލައި ސަރަހައްދު ސަލާމަތްތެރިކުރުމުގެ މަސައްކަތް އަދިވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވައެވެ.
Ads by MACL
