ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދާރުއްސަލާމް ވަޤުފް މަޝްރޫޢު: ފައުންޑޭޝަން ބީމް އެޅުމުގެ މަސައްކަތް ފަށައިފި!

ދާރުއްސަލާމް ވަޤުފް މަޝްރޫޢު: ފައުންޑޭޝަން ބީމް އެޅުމުގެ މަސައްކަތް ފަށައިފި!

ހުޅުމާލޭގައި ޤާއިމްކުރާ "ދާރުއްސަލާމް" ވަޤުފް އިމާރާތުގެ ބިނާކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަމުން ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، އިމާރާތުގެ ފައުންޑޭޝަން ބީމް އެޅުމުގެ މުހިންމު މަރުހަލާގެ މަސައްކަތްތައް މިހާރު ވަނީ ފެށިގެން ކުރިއަށްދާ ކަމަށެވެ.
"ދާރުއްސަލާމް" ވަޤުފް މަޝްރޫޢަކީ ރާއްޖޭގައި ވަޤުފުގެ ދާއިރާ އިތުރަށް ފުޅާކޮށް، ދީނީ އަދި އިޖުތިމާއީ ކަންކަމަށް ދާއިމީގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކުރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު ސިޔާސަތެއްގެ ދަށުން ބިނާކުރާ އިމާރާތެކެވެ.

🔗 ތަފްޞީލް ކިޔުމަށް: [ލިންކް]


https://twitter.com/MVIaffairs/status/2114300740068065700

މި މަޝްރޫޢު ނިމުމުން، އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ދީނީ އެކިއެކި ހަރަކާތްތަކަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.