ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފި

ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފި --- ފޮޓޯ: އެމްއެންޑީއެފް
ފުނަދޫ ޕެޓްރޯލް ޝެޑުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެންމެން ފަރުވާއަށްފަހު ދޫކޮށްލައިފި --- ފޮޓޯ: އެމްއެންޑީއެފް

ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެކިވަރުގެ އަނިޔާތަކާ އެކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ 20 މީހުންނަށް ފަރުވާ ދިނުމަށްފަހު މިހާރު އެންމެން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އަށް މީހަކު ގެންދިޔައީ އަލިފާން ބުރުމުގެ ސަބަބުން ގައިގެ އެކި ތަންތަން ފިހިގެންނެވެ. އަދި ދެ މީހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދީފައިވާއިރު، ބާކީ 10 މީހުންނަކީ ސިއްސައިގެން ގޮސް ބިރުގަތުމުގެ ސަބަބުންނާއި ކުދިކުދި އެހެނިހެން އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންނެވެ.

މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި ފަރުވާދޭންޖެހޭ މީހުންނަށް އިސްކަންދިނުމުގެ ގޮތުން، ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައި، އެމެޖެންސީ ފަރުވާތައް ވަނީ ފޯރުކޮށްދީފައެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި އަލިފާންގަނޑު ފެތުރިގެން ދިއުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ގެއެއް ވަނީ އެއްކޮށް އަނދައި ވަރަށް ބޮޑަށް ގެއްލުންވެފައެވެ. މީގެއިތުރުން ކައިރީގައި ހުރި އިތުރު ތިން ގެއަކަށްވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.