ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މިރޭ 21:00 އާ ހަމައަށް އެލާޓް ނެރެފައިވާ މި ވަގުތުތަކުގައި، އެ ސަރަޙައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މީގެއިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ޚާއްޞަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމީ މަޢުލޫމާތަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ދަތުރުކުރެއްވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.