ފުނަދޫ އަލިފާނުގެ ހާދިސާ: އެހީތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާ ޝުކުރު ދަންނަވައިފި
ށ. ފުނަދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމަ ފާޅުކުރައްވައި، އެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ މުއައްސަސާތަކަށާއި އާންމު ރައްޔިތުންނަށް ޚާއްޞަ ޝުކުރެއް ދަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިފަދަ ކުއްލި އަދި އުނދަގޫ ޙާލަތްތަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، ރައްކާތެރިކަން އަބަދުމެ މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.
މި ހާދިސާ ހިނގި ވަގުތުން ފެށިގެން، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ވަގުތުން އިޖާބަދީ، ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ފަރާތްތަކުގެ އިޚުލާޞްތެރި އަގު ރައީސް ވަނީ ވަޒަންކުރައްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށާއި، ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓުގެ ފަޔަރ އެންޑް ރެސްކިޔު ޓީމުތަކުގެ އިތުރުން ޖޭ.ޑަބްލިޔު. މެރިއޮޓްގެ ފަޔަރ ޓީމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
Ads by BMLhttps://twitter.com/MMuizzu/status/2114320201592500698
އަދި މީގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި ސަރުކާރުގެ އެކި އިދާރާތަކުންނާއި، ފުނަދޫގެ އެކުވެރި ލޮބުވެތި ރައްޔިތުން ދެއްވި މަތިވެރި އެއްބާރުލެއްވުމަށް ރައީސް ވަނީ ޚާއްޞަ ސަމާލުކަމެއް ދެއްވައި ޝުކުރުގެ ބަސްފުޅުތައް ރައްދުކުރައްވާފައެވެ.
މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، މުދަލާއި ގެދޮރަށް ގެއްލުން ލިބުނު ފަރާތްތަކަށް މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއެކު ޢާއްމު ޙާލަތަކަށް އަވަހަށް ރުޖޫއަވުމުގެ ތައުފީޤު ދެއްވުން އެދޭ ކަމަށެވެ. އަދި ހާދިސާގެ އަސަރުކުރި އެންމެހައި ލޮބުވެތި ޢާއިލާތަކަށް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް އެދިވެސް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
ފުނަދޫގެ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި ކައިރީގައި ހުރި ބައެއް ޢިމާރާތްތަކަށާއި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
Ads by MACL
