ސްކޭމްގެ މައްސަލައެއްގައި މާލެއިން ތިން މީހަކު ހައްޔަރުކޮށްފި
އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން މާލެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް ބުނެ، މި ހިނގާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ:
• ޙުސައިން ސާމިރު (40އ): ހ. ވެލަސްފަރުގެ / މާލެ
• މުޙައްމަދު ރީޙާން (33އ): ދަފްތަރު. ނަންބަރު ރސ 6007 / މާލެ
• އަޙްމަދު ސުޖާއު (46އ): ޖޯޖެޑްވިލާ / މާލެ
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
Ads by BMLhttps://twitter.com/PoliceMv/status/2114332976540754117
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޙުސައިން ސާމިރު އާއި އަޙްމަދު ސުޖާއު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި މުޙައްމަދު ރީޙާންގެ ބަންދަށް ކޯޓުން ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ ސަމާލުކަމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، ބޭންކިންގ އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމުގައި މުއާމަލާތުކުރާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ އަދި ބޭންކިންގ މައުލޫމާތު ސިއްރުކުރުމަށް ވެސް އިލްތިމާސްކުރައްވާފައިވެއެވެ.
ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް އެދޭ ކަމަށެވެ.
Ads by MACL
