ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކަށް ސިފައިން ހަތިޔާރާއެކު މާލޭގައި ފަރިތަކުރުންތައް ފަށަނީ

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކަށް ސިފައިން ހަތިޔާރާއެކު މާލޭގައި ފަރިތަކުރުންތައް ފަށަނީ

މިއަހަރުގެ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދިއުމަށް ރާވާފައިވާ ޚާއްޞަ ޙަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ ދެ ސަރަޙައްދެއްގައި ސިފައިންގެ ފަރިތަކުރުންތައް ކުރިއަށްގެންދަން ނިންމައިފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާގޮތުގައި، މި ފަރިތަކުރުންތަކާއި ޙަރަކާތްތައް ކުރިއަށްދާނީ މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ކޮންމެ ދުވަހެއްގެވެސް އެކި ވަގުތުތަކުގައި ފަރިތަކުރުންތައް ކުރިއަށްދާނީ ކަޅުތުއްކަލާކޮށީގެ އިތުރުން ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ.

މި ފަރިތަކުރުންތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވުމުގެ އިތުރުން، ގޮވާތަކެތިވެސް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ނަޞްރުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.