ރާއްޖެ އެތެރެކުރަން އުޅުނު 6 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސުން މަޢުލޫމާތު ދެއްވާގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއްގެ ތެރެއިން ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
އަތުލައިގަނެވުނު 6.75 ކިލޯގެ މި ތަކެތި ތަޙުލީލުކުރުމުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ވަނީ ކަށަވަރުވެފައެވެ.
Ads by BMLމި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ކަމާބެހޭ އިދާރާތަކުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
Ads by MACL
