ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 11 މީހަކަށް އެންޑީއެމްއޭއިން ވަގުތީ އެހީތެރިކަން ފޯރުކޮށްދީފި
ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއްގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ގޭގައި ދިރިއުޅެމުންދިޔަ 11 މީހުންނަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސައިދީފިއެވެ.
އެންޑީއެމްއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު އެ އާއިލާގެ 11 މީހުންނަށް ކުރިއަށް އޮތް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާނެ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެންމެހައި އިންތިޒާމުތައް މިހާރު ވަނީ ފޯރުކޮށްދީފައެވެ.
މި ހާދިސާގައި އަލިފާން ރޯވި ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން ގޭގެ ފުރާޅާއި ފާރުތަކަށް ގެއްލުންވެ، ގޭގެ އެތެރޭގައި ހުރި ގިނަ ތަކެއްޗާއި އޭސީ ޔުނިޓްތަކުގެ އިތުރުން އެހެނިހެން ސާމާނުތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.
Ads by BML
Ads by MACL
