ނަރުދޫ ބަނދަރުގެ މޫނުމަތި ބަދަލުކޮށްލަނީ: ޢަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި!
ށ. ނަރުދޫ ބަނދަރު އަލުން ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ކަނޑުއޮޅި ފުންކުރުމާއި ހިލަ ޕްރޮފައިލް ކުރުމަށް ބޭނުންވާ ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކަނޑުއޮޅި ކޮނުމާއި ހިލަ ޕްރޮފައިލް ކުރުމުގެ ކުރިން ބިން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރު ސްޕީޑުގައި ހިންގަމުންނެވެ.
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
Ads by BMLhttps://twitter.com/MTCCPlc/status/2114596505625723165
ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މި މަޝްރޫޢަކީ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢާ ގުޅޭ އިތުރު ތަފުސީލާއި އަދާހަމަ މަޢުލޫމާތު އެ ކުންފުނީގެ ރަސްމީ މެދުވެރިކޮށް ބަލައިލެވޭނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ
Ads by MACL
