އަމީނީ މަގުގެ ސެގްމަންޓް 3 ހުޅުވުމާ ގާތަށް: މަގުމަތީގެ ނިޝާންތައް ކުރެހުން ފަހު މަރުޙަލާގައި!
އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓްގެ ރޯޑް މާކިންގް މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބަޔާންކޮށްފައިވާ ގޮތުގައި، އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިންގުމާ ހަމައަށް ހިމެނޭ ތިންވަނަ ސެގްމަންޓްގައި މިހާރު ކުރިއަށްދަނީ މަގު ހުޅުވުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ރޯޑް މާކިންގް މަސައްކަތްތަކެވެ
🔗 ތަފްޞީލް ކިޔުމަށް: [ލިންކް]
https://twitter.com/MTCCPlc/status/2114377085108338756
މީގެ އިތުރުން، މި ސެގްމަންޓްގައި ހިމެނޭ ކަންމަތިތަކުގެ ކޮންކްރީޓް މަސައްކަތްތައް ވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެ ކުންފުނިން މަޢުލޫމާތުދޭ ގޮތުގައި، މި މަސައްކަތްތައް ނިމުމަކާ ގާތްވުމަކީ ތިންވަނަ ސެގްމަންޓް އާންމު ދަތުރުފަތުރަށް ހުޅުވައިލުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫޢަކީ އަމީނީ މަގުގެ ބައެއް ސަރަޙައްދުތަކުގައި ތާރުގަނޑު ހަލާކުވެ، ދަތުރުފަތުރު ކުރުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
Ads by MACL
