ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިރުވާލައިގެން ޑްރަގް އެތެރެކުރި ދިވެއްސަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހުކުމް ކޮށްފި

ދިރުވާލައިގެން ޑްރަގް އެތެރެކުރި ދިވެއްސަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ހުކުމް ކޮށްފި

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި 62 އަހަރުގެ ދިވެހި ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވ. ފުލިދޫ، ހަޒާރުމާގެ، އަހުމަދު ނަސީރު (62އ) އެވެ.

އޭނާ ވައިގެ މަގުން ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އުޅުނު ގޮތުން ޝައްކުކުރެވިގެން ބެލިބެލުމުން، އޭނާ ބޮޑުކަމުދިޔައިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 19 ބުލެޓް ވަނީ ފެނިފައެވެ.

ފުލުހުންގެ މައުލޫމާތުތަކަށް ބަލާއިރު އޭނާ އެތެރެކުރި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 427 ގްރާމް ހުއްޓެވެ.

ނަސީރުގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ނިންމައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކުރީ، މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައެވެ.

ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ވާގޮތުން، މިފަދަ ކުށެއް ސާބިތުވެއްޖެނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ މަރުގެ އަދަބެވެ.