އެފްއޭއެމް 1 ވަނަ ޓާފް ދަނޑުގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް އާރްޑީސީން ފަށައިފި
މާލޭގައި ފުޓުބޯޅަ ކުޅުމަށާއި ތަމްރީނުތަކަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ފަށައިފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވުޒާރާއިން މި މަޝްރޫޢަށް ބޭނުންވާނެ އައު ޓާފާއި އެހެނިހެން ސާމާނު ފޯރުކޮށްދީފައިވާއިރު، މި މަސައްކަތް އެއްކޮށް ނިންމާލުމަށް ރާވާފައިވަނީ 20 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައެވެ.
12 އަހަރުވީ ޒަމާންވީ މައްސަލައަކަށް ހައްލެއް:
މި ދަނޑުގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ މީގެ 12 އަހަރު ކުރިން، 2014 ވަނަ އަހަރުއެވެ. ދަނޑުގެ ބޭނުން ހިފާ ފުޓުބޯޅަ ކްލަބްތަކާއި، އެކަޑެމީތަކުގެ އިތުރުން އާންމު ކުޅުންތެރިންނަށް ވެސް ޓާފް ބާވެ ހަލާކުވުމުގެ ސަބަބުން ގިނަގުނަ ދަތިތަކަކާ ކުރިމަތިލާންޖެހި، އަނިޔާގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މީގެ ކުރިން މި ކަމަށް އެދެވޭ ހައްލެއް ލިބިފައިނެތުމަކީ ކުޅިވަރުގެ އާއިލާގެ ބޮޑު ކަންބޮޑުވުމެކެވެ.
Ads by BMLއާރްޑީސީއާ ހަވާލުކޮށްގެން މިހާރު ފެށިގެން ކުރިއަށްދާ މި މަޝްރޫޢަކީ ދަނޑު ބޭނުންކުރާ ފަރާތްތަކުގެ ޒަމާންވީ ޝަކުވާތަކާއި ޝަކުވާތަކަށް ނިމުން ގެނެސްދޭނެ، އަދި ދިވެހި ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by MACL
