އައްސޭރިއަށް ތެޔޮ ފެތުރިގެން ޔޫއޭއީގެ ގޮނޑުދޮށްތައް ބަންދުކޮށްފި!
ޔޫއޭއީގެ އައްސޭރިފަށަށް ކަނޑުން ތެޔޮ ލީކުވެ، ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ގައުމުގެ ގިނަ ގޮނޑުދޮށްތަކެއް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ގަލްފު ސަރަހައްދުގެ މަސްރަހު ހޫނުވެ، ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި މިދިޔަ މަހު ދިން ހަމަލާއެއްގައި ގެއްލުންލިބުނު ޖެމް ނަންބަރު 2 ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދަކުން ތެޔޮ ލީކުވާން ފެށުމުންނެވެ. ޔޫއޭއީގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި މިހާރު ދަނީ މި ލީކު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ވިލާތުގެ އިއްތިހާދުގެ ކޮޕަރނިކަސް ސެޓްލައިޓުން އޮކްޓޯބަރު 24 ގައި ނަގާފައިވާ ފޮޓޯތަކުން ދައްކާ ގޮތުގައި، ޔޫއޭއީގެ އުއްމު އަލް ޤުވައިން ސަރަހައްދުގެ އައްސޭރިފަށަށް ވަނީ ވަރަށް ބޮޑަށް ތެޔޮ ފެތުރިފައެވެ. މި ހާދިސާއާ ގުޅިގެން އުއްމު އަލް ޤުވައިންގެ އިތުރުން ޝަރްޖާ އަދި ރަސްއުލްޚައިމާގެ ބީޗުތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
Ads by BMLނިއުޔޯކް ޔުނިވަރސިޓީ އަބޫދާބީގެ ވޯޓަރ ރިސާރޗް ސެންޓަރުގެ ޑިރެކްޓަރު ޕްރޮފެސަރު ނިދާލް ހިލާލް ވިދާޅުވި ގޮތުގައި، މިއީ ކަނޑުގެ ދިރުންތަކަށާއި ތިމާވެށީގެ ނިޒާމަށް ނުހަނު ބޮޑު ނުރައްކަލެކެވެ. އެހެންކަމުން ހާލަތު މުޅިން ކޮންޓްރޯލް ކުރެވެންދެން ގޮނޑުދޮށްތައް ބަންދުކޮށްފައި ބެހެއްޓުމަކީ އާންމުންގެ ސަލާމަތަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ތިމާވެށީގެ މާހިރުން ދަނީ މިފަދަ ޣައިރު ގާނޫނީ ހަމަލާތަކުގެ ސަބަބުން ކަނޑުގެ ސަލާމަތްތެރިކަން ގެއްލި، ތިމާވެށީގެ ބޮޑެތި ކާރިސާތައް ކުރިމަތިވަމުންދާތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ
Ads by MACL
