ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަފްރަތު އުފެއްދުމާއި އިގްތިސާދަށް ގެއްލުންދިނުން ބޮޑު ކުށަކަށް ހަދަން ބިލެއް ހުށަހަޅައިފި!

މިއީ ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މަޖިލީހުގައި ވާހަކަދައްކަވަނީ / ފޮޓޯ ކްރެޑިޓ: ރައްޔިތުންގެ މަޖިލީސް
މިއީ ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މަޖިލީހުގައި ވާހަކަދައްކަވަނީ / ފޮޓޯ ކްރެޑިޓ: ރައްޔިތުންގެ މަޖިލީސް

ވަކި ދީނަކަށް ނުވަތަ ވަކި ގައުމަކަށް ވީތީ ނަފްރަތު އުފެއްދުމާއި، ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމަށް ގެއްލުންވާނެ ފަދަ ކަންކަން ކުރުން ގާނޫނީ ބޮޑު ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.

މި ބިލުގައިވާ ގޮތުން، ގައުމުގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެ ކަމުގެ ފަރުވާލެއްނެތި ގަސްތުގައި އެއްވެސް އަމަލެއް ކުރުމަކީ ކުށެކެވެ.

މީގެ އިތުރުން ކުށް ކަމުގައި ބެލެވޭނެ އަމަލުތަކުގެ ތެރޭގައި ހިމެނެނީ:
• އުމްރާނީ ވަސީލަތްތަކަށް ގެއްލުންދިނުން: މުހިންމު އުމްރާނީ ވަސީލަތްތަކަށް ނުވަތަ އެއާ ގުޅިފައިވާ ކޮމްޕިއުޓާ ސިސްޓަމްތަކަށް ގެއްލުންދިނުން.
• އަސާސީ ހިދުމަތްތަކަށް ހުރަސްއެޅުން: އަސާސީ ހިދުމަތެއް މެދުކަނޑުވާލުން ނުވަތަ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ސިސްޓަމްތަކަށް ހުރަސްއެޅުން.
• އާމްދަނީ ލިބޭ ދާއިރާތައް ހުއްޓުވުން: ދައުލަތަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބޭ ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމަށް އަމަލެއް ހިންގައި، އެކަމުގެ ސަބަބުން އިގްތިސާދަށް ބޮޑު ގެއްލުމެއް ދިނުން.

މި އިސްލާހުގެ ސަބަބުން ގައުމުގެ ދާޚިލީ ސަލާމަތާއި އިގްތިސާދީ ރައްކާތެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.