ޑޭޓިންގ އެޕެއް މެދުވެރިކޮށް މުއްސަނދިން މަޅީގައި ޖައްސައި، ފައިސާ ފޭރުނު ނެޓްވޯކެއް އަތުލައިގެންފި
އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގައި ޑޭޓިންގ އެޕްލިކޭޝަންތައް ބޭނުންކޮށްގެން މުއްސަނދި ފިރިހެނުން މަޅީގައި ޖައްސައި، ބްލެކްމެއިލްކޮށްގެން 30 މިލިއަން ރުޕީސް (ގާތްގަނޑަކަށް 338,000 ޑޮލަރު) ފޭރުނު ބޮޑު ނެޓްވޯކެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އާގްރާއަށް ނިސްބަތްވާ މި ނެޓްވޯކް އަތުލައިގަނެ، ޖަރީމާ ރޭވުމުގައި އިސްކޮށް އުޅުނު 35 އަހަރުގެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މި ޖަރީމާ ހިންގާފައިވަނީ އަންހެނުންތަކެއް ތަމްރީނުކޮށް، "މިކާ" ފަދަ ޑޭޓިންގ މަންސަތަކުގައި ފޭކް ޕްރޮފައިލްތައް ހަދައިގެން މުއްސަނދި ފިރިހެނުންނާ ގުޅުން އުފައްދައިގެންނެވެ. އެއަށްފަހު، ވީޑިއޯ ކޯލްތައް މެދުވެރިކޮށް ދައްކާފައިވާ މަންޒަރުތައް ސިއްރުން ރެކޯޑްކޮށް، އެ ރެކޯޑިންތައް ބޭނުންކޮށްގެން ޖިނާއީ ދައުވާ ކުރާނެ ކަމުގެ ބިރުދައްކައި ބްލެކްމެއިލް ކުރަނީއެވެ. ހައްޔަރުކުރި މީހާގެ މޯބައިލް ފޯނުން ސިއްރުން ރެކޯޑްކޮށްފައިވާ 400 އަށްވުރެ ގިނަ ވީޑިއޯ ފުލުހުން ވަނީ ހޯދާފައެވެ.
ތަހުގީގުން އެނގިފައިވާ ގޮތުގައި، މި ނެޓްވޯކް ހިންގި އިސް މޭސްތިރިޔާ ވަނީ އޭނާ ބޭނުންކުރި އަންހެނުންނަށް 400,000 އާއި 500,000 ރުޕީސްއާ ދެމެދުގެ އަދަދަކަށް ފައިސާ ދޭނެ ކަމަށް ބުނެ މިކަމަށް ތަމްރީނުކޮށްފައެވެ. އަދި އޭނާއަކީ ސިޔާސީ ގޮތުން ނުފޫޒުގަދަ މީހެއްގެ ސިފަ ދެއްކުމަށްޓަކައި، ސިޔާސީ ލީޑަރުންނާއެކު ނަގާފައިވާ އެޑިޓް ފޮޓޯތައް ވަޓްސްއެޕް ޕްރޮފައިލްގައި ބޭނުންކޮށްފައިވާ މީހެކެވެ.
Ads by BMLނާގްޕޫރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރާހުލް މަދާނޭ ވިދާޅުވީ، މި ޖަރީމާ ހިންގާފައިވާ ފުޅާމިން ދެނެގަތުމަށް ޚާއްޞަ ތަހުގީގެއް ކުރިއަށްދާ ކަމަށެވެ. އަދި އިންޑިއާގެ އެކި ސިޓީތަކުން މި ކަމުގެ ޝިކާރައަކަށްވީ މީހުން ހޯދުމާއި، މި ނެޓްވޯކްގައި އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ
Ads by MACL
