ޓްރީ ޓޮޕްގެ ހާއްސަ ހިދުމަތްތައް މާލެއަށް: އެންޑޯކްރިނޮލޮޖީ ކްލިނިކް އަންނަ މަހު ފަށަނީ!
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގެ އެންޑޯކްރިނޮލޮޖީ (ހޯމޯން އަދި މެޓަބޮލިޒަމް ބަލިތަކުގެ) ކޮންސަލްޓަންޓް ހިދުމަތް މާލޭގައި ފެށުމަށް ނިންމައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު އެންޑޯކްރިނޮލޮޖީ ކޮންސަލްޓަންޓް ޑރ. ޖޯސެފް އެޗޯބޫ އޮޖޯބީ ބަލިމީހުން ބައްލަވަން ފަށްޓަވާނީ މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގައެވެ. މި ހިދުމަތުގެ ސަބަބުން ހަކުރުބައްޔާއި، ތައިރޮއިޑް، ބަރުދަން އިތުރުވުމާ ގުޅުންހުރި މައްސަލަތައް އަދި ހޯމޯންގެ އެކި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ހުޅުމާލެއަށް ނުގޮސް މާލެއިން ފަސޭހަކަމާއެކު ހާއްސަ ފަރުވާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޑރ. ޖޯސެފް ބަލިމީހުން ބައްލަވާނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 01:00 އަށެވެ. ޑޮކްޓަރަށް ދައްކަވަން ބޭނުންވާ ފަރާތްތަކުން މާލޭ ބުރުޒުމަގުގައި ހުންނަ މއ. ޗަމްޕާ ވިލާ (ޓީޓީއެޗް ކްލިނިކް) އަށް ވަޑައިގަތުމުން ހިދުމަތް ލިބިގެންދާނެއެވެ.
Ads by BMLމާލޭގެ ޓީޓީއެޗް ކްލިނިކަކީ އެންޑޯކްރިނޮލޮޖީގެ އިތުރުން އިންޓާނަލް މެޑިސިން، ފެމިލީ މެޑިސިން، އަދި ނިއުރޯސަރޖަރީގެ ކޮންސަލްޓޭޝަން ވެސް ދެމުން އަންނަ ތަނެކެވެ. މީގެ އިތުރުން ފިޒިއޮތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ، އޯޑިއޮލޮޖީ، ލެބޯރެޓަރީ ސާމްޕަލް ނެގުން އަދި އޮޕަރޭޝަންތަކަށް ފަހު ދޭންޖެހޭ ރިހެބިލިޓޭޝަންގެ ފުރިހަމަ ހިދުމަތްތައް ވެސް މި ކްލިނިކުން ލިބެން ހުރެއެވެ.
މި ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް ޓްރީ ޓޮޕުން އިލްތިމާސްކުރެއެވެ.
Ads by MACL
