ހއ. ދިއްދޫ ފުޓްސަލް ދަނޑުގެ ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް!
ހއ. ދިއްދޫގައި ތަރައްޤީކުރަމުންދާ ފުޓްސަލް ދަނޑުގެ މަސައްކަތުގެ ތެރެއިން، ދަނޑުގެ ވަށައިގެން ޕީވީސީ ފެންސް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ދިއްދޫ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ކުޅިވަރު ވަސީލަތްތަކެއް ޤާއިމުކޮށްދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރު މިނުގައި ދަނީ ކުރަމުންނެވެ. މިގޮތުން ދަނޑުގެ ވަށާފާރާއި ފެންސް ޖެހުމުގެ މަސައްކަތްތައް ނިމުމުން، ދަނޑުގެ ފަސްގަނޑު އެއްވަރުކުރުމާއި ޓާފް އެޅުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އެމްޓީސީސީން ދަނީ މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެ ކުންފުނީގެ ޚާއްޞަ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ޙިއްޞާކުރަމުންނެވެ.
Ads by MACL
