ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހއ. ބާރަށް ޖެޓީ އާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

ހއ. ބާރަށުގެ ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެމްޓީސީސީ
ހއ. ބާރަށުގެ ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެމްޓީސީސީ

ހއ. ބާރަށުގެ ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއެކު މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢިލް ޙަމީދުއެވެ. އަދި އެމްޓީސީސީ ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ.

މި މަޝްރޫޢަކީ ބާރަށުގެ ބަނދަރުގެ ޖާގަ އިތުރުކޮށް، އޮޑިދޯނިފަހަރަށް ފަސޭހަކަމާއެކު ބަނދަރު ބޭނުންކުރެވޭނެ މަގުފަހިކުރުމަށާއި، ރަށަށް އަރާފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މަސައްކަތް ޙަވާލުކުރި އެމްޓީސީސީން ބުނި ގޮތުގައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.