ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި: ޝީޓް ޕައިލިންގްގެ 98 އިންސައްތަ ނިމިއްޖެ

މާލެ އާއި ވިލިމާލެއާ ދެމެދު ތިލަމާލެ ބްރިޖުގެ ސުޕަރސްޓްރަކްޗާ (މައި އޮނިގަނޑު) އެއްކޮށް ގުޅާލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދަނީ / ފޮޓޯ: އަފްކޮންސް އިންފްރާސްޓްރަކްޗާ
މާލެ އާއި ވިލިމާލެއާ ދެމެދު ތިލަމާލެ ބްރިޖުގެ ސުޕަރސްޓްރަކްޗާ (މައި އޮނިގަނޑު) އެއްކޮށް ގުޅާލުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދަނީ / ފޮޓޯ: އަފްކޮންސް އިންފްރާސްޓްރަކްޗާ

މާލެ: ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށްވާ ތިލަމާލެ ބްރިޖު (ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް) ގެ މުޅި އޮޕަރޭޝަނުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ދިވެހި ޗެނަލުން ރިޕޯޓްކޮށްފިއެވެ.

މި މަޝްރޫޢުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ބްރިޖުގެ އޮނިގަނޑު ހެދުމަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް ވަނީ ބާރުދުވެލީގައި ނިންމާލާފައެވެ. އެގޮތުން، ބްރިޖުގެ އަސާސްތައް ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދިޔަ ޝީޓް ޕައިލިންގްގެ މަސައްކަތްތަކުގެ 98.53 އިންސައްތަ މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ.

މީގެ އިތުރުން، ބްރިޖުގެ މަތީ އޮނިގަނޑު (ސުޕަރސްޓްރަކްޗާ) އެކުލަވައިލުމަށް ޖުމުލަ ބޭނުންވާ 1,222 ޑެކް ސެގްމެންޓް ކާސްޓްކުރުމާއި، ކަނޑުގެ ސަރަހައްދުގައި ހަރުކުރުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބްރިޖުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ވަރަށް ގާތްވެފައެވެ.

ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ބާކީ ހުރި މަސައްކަތްތައް ހަލުވިކަމާއެކު ނިންމައި، ކަނޑައެޅިފައިވާ ތާރީޚަށް ބްރިޖު އެއްކޮށް ހުޅުވައި އާންމު ދަތުރުފަތުރަށް ބޭނުންކުރަން ފެށުމެވެ