ގަރާރުތަކަށް ބަހުސްކުރެވޭނީ ތަޅުމުން ބަލައިގަތުމުން ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި
ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހުށަހަޅުއްވާ ގަރާރުތަކަށް ބަހުސްކުރެވޭނީ ސީދާ މަޖިލީހުގެ ތަޅުމުން އެ ގަރާރެއް ބަލައިގަންނަން ފާސްކުރުމުން އެކަނި ކަމަށް ނިންމައި، މަޖިލީހުގެ އާންމު ގަވާއިދަށް މުހިންމު ބަދަލެއް ގެނެސްފިއެވެ.
މި އިސްލާހަކީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު ހުށަހެޅުއްވި އިސްލާހެކެވެ. މަޖިލީހުގެ ތަޅުމުން މި ބަދަލު ފާސްކުރީ 56 މެންބަރުންގެ ވޯޓާއެކުގައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެންބަރަކު ވަނީ މި އިސްލާހާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް ގެނެވުނު މި ބަދަލާއެކު، މެންބަރުންނަށް ގަރާރު ހުށަހެޅުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ގަރާރަކަށް އިބްތިދާއީ ބަހުސް ކުރިއަށްގެންދެވޭނީ ތަޅުމުގައި ނަގާ ވޯޓުން އެ ބަލައިގަންނަން ފާސްވުމުންނެވެ. އެއާއެކު، ތަޅުމުން ފާސްނުވާ ގަރާރުތައް ބާތިލުވެ، އެ މައުލޫއަކަށް އިތުރަށް ބަހުސްކުރުމުގެ ފުރުސަތު މުޅިން ބަންދުވާނެއެވެ. އަދި ބަލައިގަންނަން ފާސްވާ ގަރާރުތަކުގެ ބަހުސް މަރުހަލާ ނިމުމުން، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވޭނެއެވެ.
Ads by BMLމީގެ ކުރިން މަޖިލީހުގައި އަމަލުކުރަމުން އައި ގޮތުން ނަމަ، ހުށަހެޅޭ ކޮންމެ ގަރާރަކަށް ވެސް ފުރަތަމަ އާންމު ބަހުސް ކުރިއަށް ގެންދެއެވެ. އަދި އެ ގަރާރެއް މަޖިލީހުން ބަލައިގަންނާނެތޯ ނުވަތަ ނޫންތޯ ބަލަން ވޯޓަށް އަަހަނީ ބަހުސްގެ މަރުހަލާ މުޅިން ނިމުމަށް ފަހުގައެވެ.
ގަރާރުތަކަކީ ދީބާޖާއެއްގައި ހިމެނޭ ގޮތަށް، ވަކި ޚާއްޞަ މައުޟޫއަކަށް އެކަނި އަމާޒުނުވެ ތަފާތު އެކި ދާއިރާތަކުން މެންބަރުންނަށް ހުށަހެޅުމުގެ ފުރުސަތު ލިބިދޭ އެއްޗެކެވެ. ނަމަވެސް، އާ ގަވާއިދާއެކު ދެން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމުގެ ފުރުސަތު ލިބިގެންދާނީ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ފަރާތުގެ ތާއީދު ލިބޭ ގަރާރުތަކަށް އެކަނި ކަމަށް ވެގެންދާނެއެވެ.
Ads by MACL
