ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އެމްއެފްޑީއޭއިން އިންސްޕެކްޝަން ހަދަނީ

ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހެދިކާތަކެއް / ފޮޓޯ: މިހާރު ފޮޓޯ
ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހެދިކާތަކެއް / ފޮޓޯ: މިހާރު ފޮޓޯ

ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ވިއްކާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، ހާއްސަ ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ އިން ނިންމަވައިފިއެވެ.

އެމްއެފްޑީއޭއިން ހާމަކުރެއްވި ގޮތުގައި، މި އިންސްޕެކްޝަނަކީ އެ އޮތޯރިޓީގައި ދަފްތަރުކޮށްގެން ކާބޯތަކެތި އުފައްދާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް ހިންގޭ ސަވެއިލަންސް ހަރަކާތެކެވެ.

މި އިންސްޕެކްޝަންތައް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި އެމްއެފްޑީއޭގެ އިންސްޕެކްޓަރުން ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް ރަސްމީކޮށް ޒިޔާރަތްކުރާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިނަށް ގުޅުއްވައިގެން ސާފުކުރެއްވޭނެއެވެ.

ގޭގޭގައި ކާބޯތަކެތި އުފައްދައިގެން ފިހާރަތަކުގައި ބަހައްޓައިގެން ވިއްކާއިރު، އެ ތަންތަނުގެ ސާފުތާހިރުކަމުގެ ހާލަތު ހުންނަ ގޮތް ނޭނގޭތީ އާންމުންގެ މެދުގައި އަބަދުވެސް ކަންބޮޑުވުންތަކެއް ހުރެއެވެ. އެހެންކަމުން މި އިންސްޕެކްޝަނުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެއެވެ