ގދ. މަޑަވެލީގެ ބިންހިއްކުން ހަލުވިކަމާއެކު ކުރިއަށް: މިހާތަނަށް 1.3 ލައްކައަށްވުރެ ގިނަ ކިއުބިކް މީޓަރުގެ ބިން ހިއްކައިފި!
ގދ. މަޑަވެލީ ބިންހިއްކުމާއި ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބިންހިއްކުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްޞީލުތައް ޙިއްސާކުރަމުން އެ ކުންފުނިން ބުނީ، މަޑަވެލީ ބިންހިއްކުމުގެ އޮޕަރޭޝަންތައް މިހާރުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އަދި މި މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 136,980 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކިފައިވާކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
Ads by BMLމަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިތުރު މަޢުލޫމާތާއި އަދާހަމަތައް، އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓް ޕޯޓަލް (mtcc.com.mv) މެދުވެރިކޮށް ބަލައިލެވޭނެއެވެ
Ads by MACL
