އދ. ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް: ނެރު ފުންކުރުމުގެ މަސައްކަތް ފަށައިފި!
އދ. ދިއްދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްޞީލުތައް ޙިއްސާކުރަމުން އެ ކުންފުނިން ބުނީ، ދިއްދޫ ބަނދަރުގެ ފަރުމާކުރުމާއި ބިނާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރުގެ ނެރު ފުންކުރުމުގެ އޮޕަރޭޝަންތައް ކަމަށެވެ.
މި ރަށުގެ ފަޅު ފުންކުރުމާއި ބަނދަރުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިތުރު މަޢުލޫމާތާއި އަދާހަމަތައް، އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓް ޕޯޓަލް (mtcc.com.mv) މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by BML
Ads by MACL
