ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ބަނޑޭރިކޮށި އަލުން ތަރައްގީކުރަނީ
ބަނޑޭރިކޮށި ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ނިމޭއިރު، މިހާރު އެތަނުގައި ދިރިއުޅެމުންދާ އާއިލާތަކުގެ އިތުރުން ޚިދުމަތުގައި ތިބި ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ހާމަކޮށްފިއެވެ.
ދިފާޢީ ވުޒާރާއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ޤައުމީ ޚިދުމަތުގައި ރެއާދުވާލު ގިނަވަގުތު ހޭދަކުރާ ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ވެލްފެއަރގެ ޚިދުމަތްތައް ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށެވެ.
އެގޮތުން، ސިފައިންގެ އަދަދު އިތުރުވެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ނިސްބަތް މަތިވުމާ ގުޅިގެން، ބަނޑޭރިކޮށި 1 އަދި 2 އަލުން ތަރައްގީކޮށް، ޚިދުމަތުގެ މުއްދަތުގައި ދިރިއުޅެވޭނެ ގިނަ އެޕާޓްމަންޓްތަކެއް ބިނާކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާ ގުޅިގެން ދަނީ ކުރަމުންނެވެ.
Ads by BMLމި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ އެތަނުގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާނެ ދަތިތައް ކުޑަކުރުމަށްޓަކައި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ބަނޑޭރިކޮށި 1 ތަރައްޤީކުރަން ކަނޑައަޅާފައިވާއިރު، އެތަން ހުސްކުރުމުގެ ކުރިން ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް، މަޢުލޫމާތު ޙިއްސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ބަނޑޭރިކޮށި 1 ގެ މަސައްކަތް ނިމުމާއެކު، މިހާރު އެތަނުގައި ތިބި ފަރާތްތައް އަލަށް ބިނާކުރާ އެޕާޓްމަންޓްތަކަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑިފެންސް މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހި ސިފައިންނަކީ ވަޞީލަތްތައް ފުރިހަމަވެފައިވާ، ކުރިއަރާފައިވާ ޤައުމުތަކުގެ ފެންވަރަށް ޚިދުމަތްދޭ ބަޔަކަށް ހެއްދެވުމެވެ. ބަނޑޭރިކޮށި އަލުން ތަރައްގީކުރަން ނިންމިއިރު، ސިފައިންނާއި ފުލުހުންގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށް ހުޅުމާލޭގައި މިހާރުވެސް ހަ ޓަވަރު ބިނާކޮށްފައިވާކަން
Ads by MACL
