ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނަސްރުގެ ދުވަހުގެ ފަރިތަކުރުންތަކަށް ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ

ފޮޓޯ: ޕޮލިސް
ފޮޓޯ: ޕޮލިސް

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިލިޓަރީ ޑިސްޕްލޭގެ ފަރިތަކުރުންތަކަށްޓަކައި މާލޭގެ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ އެއްގަމު މަގުތަކާއި ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފިއެވެ.

މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އޮކްޓޫބަރު 28 އިން ނޮވެމްބަރު 2 އަށް، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން 18:00 އަށް އެ ސަރަހައްދުގެ ދަތުރުފަތުރުގެ ކަންކަމަށް ބަދަލުތައް އަންނާނެއެވެ.

އޭގެ އިތުރުން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާން ކުރިމައްޗާއި ރަސްމީ ފާލަން ހިމެނޭ ސަރަހައްދުގެ އިތުރުން އެ ސަރަހައްދާ ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އަދި ބަންދުކުރެވޭ މަގުތަކަށް އެއްގަމު އުޅަނދުފަހަރު ނުވަދެވޭނެހެން އެންޓްރީ ކޮންޓްރޯލް ކުރެވޭނެ ތަންތަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ރަސްމީ ފާލަމާ ދިމާލުން ފަޅުތެރެއާއި ކަނޑުގެ ވަކި ސަރަހައްދެއްވެސް އެ ވަގުތުތަކުގައި ބަންދުވާނެއެވެ.

ފުލުހުން ވަނީ މިފަދަ ގައުމީ މުހިންމު ހަރަކާތްތަކުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. އަދި ޓްރެފިކަށް ގެނެވޭ މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް ވެސް ވަނީ އެދިފައެވެ.