ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްއިން އެއާލައިން އޮޕަރޭޝަންސް ކޮމިޓީއާއެކު މަޝްވަރާކޮށްފި

ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވާހަކަ ދައްކަވަނީ ---
ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދު ވާހަކަ ދައްކަވަނީ ---

ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެއާލައިން އޮޕަރޭޝަންސް ކޮމިޓީ (އޭއޯސީ) ގުޅިގެން ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި މި ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީގެ އޮޕަރޭޝަނަލް ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އެއާޕޯޓުގައި ޚިދުމަތްދޭ އެއާލައިން ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ޙައްލު ހޯދައި، އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.

އަދި ކުރިއަށް އޮތް ބާރުބޮޑު ދުވަސްވަރު އެއާޕޯޓަށް އަންނަ އަދި ފުރާ މީހުންނަށް އަމާން، އަވަސް އަދި އުނދަގުލެއްނެތް އޮމާން ތަޖުރިބާއެއް ފޯރުކޮށްދިނުމަށްޓަކައި އެއާޕޯޓުގެ ތައްޔާރީތައް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި ފަތުރުވެރިކަމުގެ އުސް މޫސުމުގައި އެއާޕޯޓުގެ އޮޕަރޭޝަންތައް އެއްވެސް މައްސަލައެއް ނުޖެހި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި އެއާލައިންތަކާއެކު ގާތުން މަސައްކަތްކޮށް، ފުރިހަމަ ޚިދުމަތެއް ދިނުމަށް އެ ކުންފުނިން އޮތީ މުޅިން ތައްޔާރަށެވެ.