އެމްއެސް ކޯޑެލިއާ އެމްޕްރެސްގެ 2،000 އަށްވުރެ ގިނަ މީހުންނަށް ދަތުރުމަތީގައި އިމިގްރޭޝަން ކްލިއަރެންސް ދީފި
އިންޑިއާގެ ކޮޗިންއިން ފުރައިގެން އިއްޔެ (27 އޮކްޓޯބަރު 2026) މާލެއަށް ބަނދަރުކުރި "އެމްއެސް ކޯޑެލިއާ އެމްޕްރެސް" ކްރޫޒްލައިނާގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންނަށް މޯލްޑިވްސް އިމިގްރޭޝަނުން ދަތުރުމަތީގައި އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ފޯރުކޮށްދީފިއެވެ.
މި ހިދުމަތުގެ ދަށުން، އެ ބޯޓުގައި ތިބި 1،475 ފަސިންޖަރުންނާއި 613 ފަޅުވެރިންނާއެކު ޖުމްލަ 2,088 މީހުންގެ އިމިގްރޭޝަން ލިޔެކިޔުންތައް ސީޕޯޓް އۆފިސަރުން ވަނީ ބޯޓު ދަތުރުމަތީގައި އޮއްވައި ޗެކްކޮށް ނިންމާފައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ދަތުރުމަތީގައި މި ހިދުމަތް ދިނުމުގެ މައިގަނޑު މަގްސަދަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ގޮވައިގެން އަންނަ ބޮޑެތި ކްރޫޒްލައިނާތައް ރާއްޖޭގައި ބަނދަރުކުރުމާއެކު، ފަސިންޖަރުންނަށް އެއްވެސް ލަސްވުމެއްނެތް ފަސޭހަ އަދި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމެވެ.
Ads by BML
Ads by MACL
