ކުރިއަށް އޮތް ޕީކް ސީޒަނަށް ވީއައިއޭ ތައްޔާރުވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކާއެކު އެމްއޭސީއެލްއިން މަޝްވަރާކޮށްފި
ފަތުރުވެރިކަމުގެ ކުރިއަށް އޮތް ޕީކް ސީޒަނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތައްޔާރުވުމުގެ ގޮތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އޮޕަރޭޝަނަލް ޓީމުތަކުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގެ ތެރެއިން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކާއި، ކުރިއަށް އޮތް ދުވަސްވަރުގެ ތައްޔާރީތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
Ads by BMLއަދި މިއީ އެއާޕޯޓުގެ ޚިދުމަތްތައް ދިނުމުގައި ހަރަކާތްތެރިވާ ކަމާބެހޭ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދިޔަ ބައްދަލުވުމެކެވެ.
Ads by MACL
