ތޫފާން އަރްނޯބް އިންޑިއާގެ އައްސޭރިފަށަށް އަރައި ބޮޑެތި ގެއްލުންތަކެއް؛ ދެ މީހަކު މަރުވެ ކުއްލި އެލާޓް ނެރެފި
އިންޑިއާގެ އަންދްރަ ޕްރަދޭޝް އާއި އޮދިސާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ބާރުގަދަ ތޫފާން 'އަރްނޯބް' އަރައި، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މި ތޫފާން އަންދްރަ ޕްރަދޭޝް އަދި ޔަނަމްގެ އައްސޭރިފަށަށް އަރާފައިވަނީ ގަޑިއަކު 135 އާއި 150 ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހެމުންދަނިކޮށެވެ.
މި ތޫފާނުގެ ސަބަބުން ކުރިމަތިވި މޫސުމީ ހާދިސާތަކުގައި ކަރަންޓުގައި ޖެހިގެން ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބޯކޮށް ވާރޭވެހި، ގަސްތަކާއި ކަރަންޓު ދަނޑިތައް ވެއްޓުމުގެ ސަބަބުން ވިޝާކަޕަޓްނަމް، ކަކިނާޑާ އަދި ކޮނަސީމާ ފަދަ ސަރަހައްދުތަކުގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
Ads by BMLތޫފާނާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންދްރަ ޕްރަދޭޝް ސަރުކާރުން ވަނީ 609 ސްކޫލެއް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ ކޭމްޕުތަކަކަށް ބަދަލުކޮށްފައެވެ. އަދި އޮދިސާގެ ތިރި ސަރަހައްދުތަކުން 30،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، އޮދިސާގެ ގަންޖާމް، ގަޖަޕަތީ، ރަޔަގަޑާ، ކޮރަޕުޓް، މަލްކަންގިރި އަދި ނަބަރަންޕޫރު ފަދަ އަވަށްތައް ކުއްލި އެލާޓަށް ގެނެސް، އެ ސަރަހައްދުތަކުގެ ސްކޫލްތަކާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ވަނީ ބަންދުކޮށްފައެވެ. ސަރުކާރުން ވަނީ ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 2,037 މަރުކަޒެއް ތައްޔާރީ ހާލަތަށް ގެނެސްފައެވެ

Ads by MACL
