ހިތަދޫ އިމަޖެންސީ ސެންޓަރު: ރޭމްޕް ކޮންކްރީޓާއި ރޭނުމުގެ މަސައްކަތް ބާރުސްޕީޑުގައި!
އެމްޓީސީސީން ސ. ހިތަދޫގައި ކުރިއަށްގެންދާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރޭމްޕްގެ ކޮންކްރީޓް ކުރުމާއި ރޭނުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އިން ބުނީ، ހިތަދޫގައި ގާއިމުކުރާ އެމަޖެންސީ ސެންޓަރުގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ އިމާރާތުގެ ރޭމްޕް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކާއި، ރޭނުމުގެ އެކި މަސައްކަތްތައް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ އެމްޓީސީސީން ދަނީ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އެ ކުންފުނީގެ ޕްރޮޖެކްޓް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ހިއްސާކުރަމުންނެވެ.
Ads by BML
Ads by MACL
