ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ އަތްމައްޗަށް!

ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭލްކޯއިން ރަސްމީކޮށް ޙަވާލުވުން / ފޮޓޯ:ސްޓެލްކޯ
ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓޭލްކޯއިން ރަސްމީކޮށް ޙަވާލުވުން / ފޮޓޯ:ސްޓެލްކޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ، މި ދެ އަތޮޅާ ރަސްމީކޮށް ހަވާލުވި ދުވަހުން ފެށިގެން، އެ ސަރަހައްދުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި ބަދަލާއެކު، ހދ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޔުޓިލިޓީ ޚިދުމަތްތައް ކަށަވަރުކޮށްދިނުމަކީ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށްވެސް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.