ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލް ޖެނެރަލަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކުރައްވައިފި

ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލް ޖެނެރަލަކަށް ހަމަޖެއްސި ބަދޫރާ އާއި ފޮރިން މިނިސްޓަރު އިރްތިޝާމް ސަލާން ކުރައްވަނީ: --- ފޮޓޯ: ފޮރިން މިނިސްޓްރީ
ޖިއްދާގައި ހުންނަ ރާއްޖޭގެ ކޮންސިއުލް ޖެނެރަލަކަށް ހަމަޖެއްސި ބަދޫރާ އާއި ފޮރިން މިނިސްޓަރު އިރްތިޝާމް ސަލާން ކުރައްވަނީ: --- ފޮޓޯ: ފޮރިން މިނިސްޓްރީ

ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ އެންމެ އިސްވެރިޔާ ނުވަތަ ކޮންސިއުލް ޖެނެރަލްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ދިޕްލޮމެޓަކު މިއަދު އައްޔަންކުރައްވައިފިއެވެ.

މި ތާރީޚީ މަގާމަށް ހަމަޖެއްސެވި ބަދޫރާ ސައީދަށް މަގާމުގެ ރަސްމީ ލިޔުން ހަވާލުކުރެއްވީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ.

ޖިއްދާގެ ކޮންސިއުލް ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބަދޫރާ ހުންނެވީ ޚާރިޖީ Ministry ގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގައެވެ.

ޚާރިޖީ ދާއިރާގައި ދިގު މުއްދަތެއްގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބަދޫރާ ފޮރިން މިނިސްޓްރީގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުއެވެ.

އޭނާ ވަނީ މީގެކުރިން ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިވެހި އެމްބަސީގެ ކައުންސެލާ އަދި ހެޑް އޮފް ޗާންސެރީގެ މަގާމުގެ އިތުރުން، އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ފަސްޓް ސެކްރެޓަރީކަންވެސް ކުރައްވައިފައެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުވެސް ބަދޫރާ ކުރިން ވަނީ ފުރައްވައިފައެވެ.