އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒު ނުވަނީ ކީއްވެ؟
އިސްލާމީ ޝަރީއަތަކީ މާތް ﷲ ސުބްޙާނަހޫ ވަތައާލާގެ ފަރާތުން ބާވައިލެއްވި ޤާނޫނުތަކާއި ހަމަތަކެކެވެ. މި ޝަރީއަތުގައި، އިންސާނީ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކަށް ތަފްސީލީ އިރުޝާދު ތަކެއް ދެއްވާފައި ވެއެވެ.
އާދައުގެ ދިރިއުޅުމާއި، ހުކުމްތަކުން ފެށިގެން، އިޤްތިސާދީ، އިޖްތިމާއީ، އަޙްލާޤުގެ އިތުރުން ސިޔާސީ ކަންކަމަށް ދާންދެނެވެ.
އިސްލާމީ ޝަރީއަށް އިންސާނީ ދިރިއުޅުމުގައި މުހިއްމުވަނީ އެތަކެއް ސަބަބުތަކަކާ ހުރެއެވެ.
Ads by BMLރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ކިޔާ އަޑު އަހަމެވެ. މި ޤައުމުގެ އަސާސީގައި ވާ ގޮތުންނަމަ، ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށާއި، ޤާނޫނުތައް ހެދުމުގައި ބަލަންވާނީ އިސްލާމީ ޝަރީއަތާއި އެއް ގޮތްވާ ގޮތުގެ މަތިންކަން ވަރަށް ސާފުކޮށް ބަޔާން ކޮށްދީފައި ވެއެވެ.
ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ)އިސްލާމްދީނަކީ ދައުލަތުގެ ދީން ކަމުގައި ބަޔާންކޮށްދީފައި ވެއެވެ.
އަދި ފަނޑިޔާރުން ޙުކުމް ކުރުމުގައި ޤާނޫނުތަކާއި، އިސްލާމީ ޝަރީއަތާއޮ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގައި ޤަނޫނު ހަދާއިރު އެ ޤާނޫނުތައް އިސްލާމީ ޝަރީއަތާއިފުށު އަރައިގެން ނުވާނެ ކަމަށް ބަޔޏާ ކޮސދީފައި ވެއެވެ.
ނަމަވެސް ހަޤީގަތާއި ކުރިމަތިލާނަމަ ، ރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވެފައި ރާއްޖޭގައި އިސްލާމީ ޝަރީއަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތެއްގައި ހިފާތަނެއް ނުފެނެއެވެ. ރާއްޖޭގައި އާއިލީ މައްސަލަތައް (ނަސަބު، ކައިވެނި، ވަރި، ވާރުތަ) ފަދަ ކަންކަމުގައި އިސްލާމީ ޝަރީއަތުގެ ޙުކުމްތައް ތަންފީޒު ކުރެވެއެވެ.
ނަމަވެސް ޖިނާޢީ ކުށް ( ވައްކަން، މީހަކު މެރުން) ފަދަ މައްސަލަ ތަކުގައި އިސްލާމީ ޝަރީއަތުގެ އަސާސްތައް އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ނުކުރެވެއެވެ.
މިގޮތުން އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާ މީހާގެ ހުކުމް ވަރަށް ސާފުކޮށް ސޫރަތުލް މާއިދާގެ 38 ވަނަ އާޔަތުގައި ބަޔާންކޮށްފައި ވެއެވެ.
'ވައްކަން ކުރާ ފިރިހެނާއާއި ވައްކަން ކުރާ އަންހެނާ ދަންނާށެވެ! ފަހެ، ތިޔަބައިމީހުން އެމީހުންގެ އަތްތައް ބުރި ކުރާށެވެ! އެއީ އެދެމީހުން ކުޅަކަންތަކުގެ ޖަޒާއަކަށް،ﷲގެ ހަޟްރަތުން ކަނޑއަޅުއްވާފައިވާ ޢިބްރަތްތެރި އުޤޫބާތެއްގެ ގޮތުގައެވެ."
މީގެ އިތުރުން ވަރަށް ތަފްސީލީ ގޮތެއްގައި ވައްކަން ކުރުމުގެ ހުކުމް ކަނޑައެޅޭނެ ގޮތާއި، ހުކުމް ކަނޑައެޅޭނެ މިންގަނޑު ތައް އިސްމާމީ ޝަރިއަތުން އެގެން އެބަ ހުއްޓެވެ.
އަދި ހަމަ އެޔާއި އެކު މީހަކު އިންސާނަކު ދިރިހުއްޓާ މަރާލުމުގެ ޙުކުމް ވެސް އިސްލާމީ ޝަރީއަތުގައި ފެންނަން އެބަ އޮތެވެ. މީހަކު ޤަސްދުގައި މަރާލައިފިނަމަ ޙުކުމަކީ ޤިސާސް ހިފުމެވެ. މަރަށް މަރު ހިފުމެވެ.
ވާރިސުން ޤިސާސް ހިފަން ބޭނުން ނުވާ ހާލަތް ތަކުގައި މަރުގެ ދިޔަ ދިނުން އޮވެއެވެ. މި ހުކުމް ކީރިތި ޤުރުޢާނުގެ ބަޤަރާތް ސޫރަތުން ފެންނަ އެބަ އޮތެވެ. މި ހުކުމް މިހާރު ޤާނޫނު އަސާސީގައި ހިމަނާފައި ވެއެވެ.
އަދި ރާއްޖޭގެ ހިގާ ދިޔަ އެންމެ ލާ އިންސާނީ މަރަކަށް، މަރަށް މަރު ހިފުމަށް ހުކުމް ކުރެވިފައި ވެއެވެ. ނަމަވެސް ހިތާމައަކީ ހުކުމް ތަންފީޒު ކުރެވޭ ދުވަހެއް ނާންނާތީއެވެ.
ސުވާލަކީ ވައްކަން ކުރުމުން އެއް ފަހަރު ނަމަވެސް އިސްލާމީ ޝަރީއަތުގައި ބަޔާން ކޮށްފައިވާ ފަދައިން އަތް ކަނޑާލައިފި ނަމަ ދެވަނަ ފަހަރަށް ވައްކަން ކުރަން ކެރޭނެ ތޯއެވެ؟ ނުވަތަ އެހެންމީހަކުވެސް އެ ފަދަ އަމަލެއް ހިންގަން ކެރޭނެ ތޯއެވެ؟ ހަމަ އެޔާއި އެކު މަރަށް މަރު ހިފާލައިފި ނަމަ ގަސްތުގައި މީހަކު މަރާލަން ކެރޭނެ ތޯއެވެ؟
އާއިލީ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ހުކުމް ތަންފީޒު ކުރެވޭ އިރު މިފަދަ މައްސަލަތަކުގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރެވެނީ ކީއްވެބާއެވެ؟ މި ޤައުމުގައި ކުށްތައް ދަވަހަކަށް ފަހު ދުވަހު ދަނީ އިންތިހާޔަށް އިތުރު ވަމުނުންވެ.
މިކަން ހުއްޓުވެން އޮތީ އިސްލާމީ ޝަރީއަތް އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކޮށްގެން ކަމަށް ދެކެން ތޯއެވެ؟
Ads by MACL
