ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތުލުސްދޫ ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 2 މީހަކަށް އަނިޔާވެގެން މާލެ ގެންނަނީ

ތުލުސްދޫ ތަރިކަ އެކްްސްޕްރެސް ލޯންޗު އެކްސިޑެންޓުވެފައި --- ފޮޓޯ: ސޯޝަލް މީޑިއާ
ތުލުސްދޫ ތަރިކަ އެކްްސްޕްރެސް ލޯންޗު އެކްސިޑެންޓުވެފައި --- ފޮޓޯ: ސޯޝަލް މީޑިއާ

ކ. ތުލުސްދޫ ކަނޑުއޮޅީ ކައިރިން ދެ ލޯންޗެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 2 މީހުންނަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ސިއްހީ އޮފިޝަލުންނާއި ފުލުހުން ގުޅިގެން ފަށައިފިއެވެ۔

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 7:55 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ۔

މި އެކްސިޑެންޓުގައި ބައިވެރިވި އެއް އުޅަނދަކީ ތުލުސްދޫގެ "ތަރިކަ އެކްސްޕްރެސް" ލޯންޗެވެ۔

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ލޯންޗުގެ އެއްފަޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސްފައެވެ۔