ރަސްމާލެ މަޝްރޫޢާއެކު ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް: ރައީސް މުޢިއްޒު
ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢާއެކު ދިވެހިރާއްޖޭގައި ފެށިގެންދަނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ތާރީޚު ނުދެކޭ މިންވަރަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓް ސިލްސިލާގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދައިދިނުން ކަމަށެވެ.
އަދި މި މަޝްރޫޢާ ގުޅުވައިގެން މުޖުތަމަޢުގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ތަރައްޤީކުރަނީ ދައުލަތުގެ ބޮލުގައި އެއްވެސް ދަރަންޏެއް ނޭޅޭނެ ފަދަ އީޖާދީ އުޞޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ފިއުޗަރ ރެވެނިއު ބޭނުންކޮށްގެންނާއި ބިން ދޫކުރާ އުޞޫލުން އިންވެސްޓަރުން މެދުވެރިކޮށް ހިންގާ މި މަޝްރޫޢުގެ ސަބަބުން ދިވެހިންނަށް އޮތް ފުރުޞަތުތައް ހަނިނުވާނެ ކަމަށާއި، ޝަރުޠުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ
Ads by MACL
