ނައިފަރު ޙިމާޔަތްކުރުން: ރިވެޓްމެންޓް މަސައްކަތް ބާރުމިނުގައި ކުރިއަށް!
ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ނައިފަރުގެ ތަރައްޤީއާ ގުޅިފައިވާ މި ބޮޑު މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރަށުގެ ގޮނޑުދޮށް ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ރިވެޓްމެންޓް ޤާއިމުކުރުމުގެ މުހިންމު މަރުޙަލާއެވެ. މި މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިއީ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދޭނެ މަސައްކަތެކެވެ.
ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ނައިފަރުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށާއި، ރަށުގެ ތިމާވެށި ޙިމާޔަތްކުރުމަށް ފަރުމާކުރެވިފައިވާ މުހިންމު އުމްރާނީ މަޝްރޫޢެކެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށްޓަކައި އެ ކުންފުނީގެ ޕްރޮޖެކްޓް ޓީމުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތްތަކެއް ކުރަމުންނެވެ.
Ads by BML
Ads by MACL
