ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިނަރެސް ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ދެއްކި މައްސަލަ ފުލުހުން ބަލަން ފަށައިފި

ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މަތިން ފެންނަ ރީތި މަންޒަރެއް؛ / ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފޭސް 2 ގައި ގާއިމުކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މަތިން ފެންނަ ރީތި މަންޒަރެއް؛ / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް 3 ސަރަހައްދުގައި ހުރި ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރެއް ދެއްކި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުގެ ފިހާރައެއްގެ ބިލްބޯޑުގައި ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއެއް ޑިސްޕްލޭވެފައި ހުރި ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 29 އޮކްޓޫބަރު 2026 ވީ ދުވަހުގެ ދަންވަރު 03:23 އެހާކަންހާއިރުއެވެ.

މި މައްސަލަ ފެންމަތިވުމާއެކު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ބިލްބޯޑުން އެފަދަ މަންޒަރެއް ޑިސްޕްލޭވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ޚާއްޞަ ތަހުގީގެއް ވަނީ ފަށާފައެވެ. މިކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ