ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

2026 އަކީ ބޮޑު ދަރަނީގެ ބުރައިން ރައްޔިތުން މިންޖުކުރަން ރެކޯޑް ހޭދައެއް ކުރި ތާރީޚީ އަހަރެއް: މާލީ ވަޒީރު

މާލީ ވަޒީރު ހަސަން ޒަރީރު /ފޮޓޯ: ރައީސް އޮފީސް
މާލީ ވަޒީރު ހަސަން ޒަރީރު /ފޮޓޯ: ރައީސް އޮފީސް

މި ހިނގާ 2026 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ މާލީ ތާރީޚުގައި ވެސް، ދިވެހި ރައްޔިތުން އުފުލަން ޖެހިފައި އޮތް ބޮޑު ދަރަނީގެ ބުރައިން ރައްޔިތުން މިންޖުކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ރެކޯޑް އަދަދަކަށް ހޭދަކުރި ތާރީހީ އަހަރެއް ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ۔

އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މިއަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ދަރަނި ދެއްކުމަށް ނެގިފައިވާ ހަރުދަނާ ފިޔަވަޅުތަކަކީ ގައުމުގެ މާލީ ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށެވެ۔ އަދި މިއީ ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑެތި ދަރަނިތަކުން ސަލާމަތްވެ، އިގްތިސާދީ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުން ކުރި އެންމެ ބޮޑު އެއް ހޭދަކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ۔

ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ދަށުން، މިހާރު ތައްޔާރުކުރަމުންދާ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީވެސް މިއަހަރު ހާސިލުކުރެވުނު މާލީ ހަމަޖެހުމުގެ މައްޗަށް ބިނާކޮށް، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް އެކަށައެޅޭ ބަޖެޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ