ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިއްހީ ޚިދުމަތްތައް ހަރުދަނާކުރުމަށް އަންނަ އަހަރަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފި

ވަޒީރު ހަސަން ޒަރީރު/ ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ވަޒީރު ހަސަން ޒަރީރު/ ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް!
މާލެ، 29 އޮކްޓޯބަރު 2026 – ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި އަންނަ 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 10.2 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ޓާޝަރީ ހޮސްޕިޓަލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އާ ފްރޭމްވޯކެއް އުފެއްދުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، "ސްޓޭޓް ފާމާ" މެދުވެރިކޮށް ހަރަދު ކުޑަކޮށް އަސާސީ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ މަގު ފަހިކުރުމާއި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ސީޓީ ސްކޭން، އެމްއާރްއައި އަދި ދަރިމައިވުމާ ގުޅޭ ހިދުމަތްތައް ލިބޭނެ ނިޒާމު ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ