އަންނަ އަހަރުގެ ބަޖެޓު އާމްދަނީ 43.2 ބިލިއަނަށް އަރާނެ ކަމަށް ލަފާކޮށްފި؛ މިއީ 2026 އަށްވުރެ 1.4 ބިލިއަންގެ އިތުރުވުމެއް
އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގެ ރެވެނިއު ފޯކާސްޓް ނުވަތަ ލަފާކުރާ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ އަދަދަކީ 43.2 ބިލިއަން ރުފިޔާ ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ވަޒީރު ޒަރީރު ވިދާޅުވީ، އަންނަ އަހަރު ލިބޭނެ ކަމަށް މިހާރު ފޯކާސްޓް ކޮށްފައިވާ އަދަދަކީ ހިނގަމުންދާ 2026 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށެވެ. މިއީ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބެކެވެ.
މިއަދު ހުށަހެޅި ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓުގެ ތެރެއިން ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. ބަޖެޓުގެ އިތުރު ތަފްޞީލީ މަޢުލޫމާތާއި ރަސްމީ ރިޕޯޓުތައް މިނިސްޓްރީ އޮފް ފައިނޭންސް ގެ ރަސްމީ ވެބްސައިޓުން މިހާރު ބައްލަވައިލެއްވޭނެއެވެ
Ads by MACL
