ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ އަދަދެއްގެ މުދަލާއިއެކު ބޯޓެއް ދިޔަވަނީ، ދިވެހި ސިފައިންދަނީ ބޯޓަށް އެހީވުމަށް ދަތުރުކުރަމުން

ދިޔަ ވަމުންދާ ބޯޓު: ފޮޓޯ/ ނުކުތާ
ދިޔަ ވަމުންދާ ބޯޓު: ފޮޓޯ/ ނުކުތާ

ގިނަ އަދަދެއްގެ މުދަލާއިއެކު ލ ހިދަތޫ ބޯޓެއް ދިޔަވާތީ ސިފައިން އެހީތެރިވުމަށް ދަތުރު ކުރަމުންއެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އިންޖީނާ ހަމައަށް ވަނީ ލޮނުގަނޑު އަރައިފައެވެ. އެހެން ނަމަވެސް އިންޖީނު އަދި ނުނިވެެއެވެ.

އެނގިފައިވާ ގޮތުގައި ބޯޓު އަޑިއަށް ދަނީ ވ.އަތޮޅު ކައިރިންނެވެ. އަދި މިހާރު އެމްއެންޑީއެފްގެ ކޯސްޓްގާޑް އިންދަނީ ބޯޓަށް އެހީވުމަށް ދަތުރުކުރަމުންނެވެ.