ޅ. އޮޅުވެލިފުށި ބަނދަރުގެ ތޮށީގެ ކޮންކްރީޓް މަސައްކަތް ބާރަށް ކުރިއަށް!
ޅ. އޮޅުވެލިފުށި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އޮޅުވެލިފުށީ ބަނދަރު ފަރުމާކުރުމާއި ބިނާކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރުގެ ކީ-ވޯލް ނުވަތަ އެއްގަމުތޮށީގެ ކޮންކްރީޓް ކުރުމުގެ އަމަލީ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އޮޅުވެލިފުށީ ބަނދަރު ފުންކުރުމާއި، ނެރު ފުންކުރުމުގެ އިތުރުން ބޭރުތޮއްޓާއި އެއްގަމުތޮށީގެ ރިވެޓްމަންޓް ޖެހުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެމްޓީސީސީން ހިންގާ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ކުންފުނީގެ ރަސްމީ ޕްރޮޖެކްޓް ޕޯޓަލް mtcc.com.mv އިން ބައްލަވައިލެއްވޭނެއެވެ
Ads by BML
Ads by MACL
