ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން 24 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން 24 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ރ. ދުވާފަރުގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން މަސްތުވާތަކެތީގެ ތުހުމަތުގައި 24 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ރަށު ހިރުނދުގެ، ހަޒާރު އިސްމާޢީލް (24އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ ދުވާފަރު ޕޮލިސް ސްޓޭޝަނުން އެ ރަށު މަގުމަތީގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އޭނާ ހުއްޓުވައި ބަލައިފާސްކުރުމަށްފަހުގައެވެ.

ފުލުހުން މަގުމަތިން އޭނާ ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއްގެ އިތުރުން ފިލްމު ހުސްކުރި ދަޅެއް ވަނީ ފެނިފައެވެ.

މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.