ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އުމުރުން އެންމެ ތިން އަހަރުގެ ކުޑަކުއްޖަކަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، ހއ. ހޯރަފުށީ، ހުދުހުދުގެ މުޙައްމަދު ނާއިޝް 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ނާއިޝް 2025 ވަނަ އަހަރުން ފެށިގެން އެކި ތާރީޚުތަކުގައި އެ ކުއްޖާއާމެދު ޖިންސީ އަމަލުތައް ހިންގާފައިވާ ކަމަށެވެ. މިއާއެކު ދައުލަތުން އޭނާގެ މައްޗަށް އުފުލި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، އޭނާގެ މައްޗަށް ކަނޑައެޅުނު 20 އަހަރުގެ ޖަލު ހުކުމުން، މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަންޖެހޭނީ 18 އަހަރާއި ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ.