ވިހި ހަތާވީސް ބަޖެޓް: ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޚާއްޞަ ސްޓާޓަޕް ފަންޑެއް ހިމަނައިފި
އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި، ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެސްއެމްއީ ސްޓާޓަޕް ފަންޑެއް ހިމަނައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހަށް 2027 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، މި ފަންޑުގެ މައިގަނޑު ބޭނުމަކީ ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާގެ ފުރުޞަތުތައް އުފައްދާ ބަޔަކަށް ހެދުން ކަމަށެވެ.
އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައިވަނީ އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގެ އަޒުމުގައި ހުރި ދިވެއްސެއް ކަމަށެވެ. އެހެންކަމުން އެފަދަ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކްސް ދެއްކުމުގައި ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވިއެވެ.
Ads by BMLއޭގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށްޓަކައި 1 ޖަނަވަރީ 2027 އިން ފެށިގެން ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރައްވާފައިވާކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި މަޤްޞަދުތައް ހާޞިލުކުރުމަށްޓަކައި ކުރިއަށް އޮތް 2027 ވަނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް" އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާކަންވެސް ބަޖެޓު ބަޔާން ކުރައްވަމުން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
Ads by MACL
