އިންޑިއާގެ އެހީތެރިކަމަކީ ރަށްރަށުގެ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ބާރެއް: ވަޒީރު ރާފިޢު
އާންމު ދިރިއުޅުން ފަސޭހަކޮށް، ރަށްރަށުގެ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ފޯރުކޮށްދެމުންދާ ދީލަތް އެހީތެރިކަމަށް ޝުކުރު ޙައްޤުކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް, ފިޓްނެސް އެންޑް ރިކްރިއޭޝަން ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިޢު މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން، ރާއްޖޭގެ 42 ރަށެއްގައި ފިޓްނެސް އަދި ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުންނެވެ.
އެކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ކަސްރަތުކޮށް، ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ބަދަހި ގުޅުމުގެ ތެރެއިން، ދިވެހި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLމިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މަޝްރޫޢު ތަންފީޛުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
Ads by MACL
