އިންޑިއާގައި ބޭސްފަރުވާއަށް އުޅުނު ދިވެއްސަކު ގެއްލިގެން ހޯދަނީ
އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭސްފަރުވާއަށް ގޮސް އުޅުނު ދިވެއްސަކު، މިއަދު ފަތިހު ކަސްރަތަށް ނުކުތް ގޮތަށް ޚަބަރެއް ނުވެ ގެއްލިގެން އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ރ. މީދޫ، އަތަމާގެ، އަލީ އިބްރާހިމެވެ. އޭނާގެ ދަރިފުޅު މައުލޫމާތު ދިން ގޮތުގައި، އަލީ ގެއިން ބޭރަށް ނުކުމެފައިވަނީ މިއަދު ފަތިހު 5:30 އެހާކަންހާއިރު ކަސްރަތަށް ހިނގާލުމަށެވެ.
ނަމަވެސް، އެނބުރި ގެއަށް ނުއައިސް ލަސްވުމުން، މިއަދު ހެނދުނު 9:00 އިން ފެށިގެން އާއިލާއިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
Ads by BMLއަލީ ގެއްލުނުއިރު ލައިގެން ހުރީ ދަނބުކުލައިގެ ޓީޝާޓަކާއި މަޑޫ ނޫކުލައިގެ މުންޑެކެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 9129561 އަށް ގުޅައި ހިއްސާކޮށްދިނުމަށް އާއިލާއިން އެދެއެވެ.
Ads by MACL
