ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު އަތުލައިގަނެ، ބަންދަށް 15 ދުވަސް ޖަހައިފި
ޏ. ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ދެ މީހަކު، ފުލުހުން ހިންގި تای D ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، އާސިމީމަންޒިލް، އަޙްމަދު އަފާފު ޢާރިފް (32އ) އާއި އެ ރަށު ދޫޑިގަން، ލާލުގެ، އަޙްމަދު ވިޝާން (37އ) އެވެ.
މި އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ފުލުހުން ކުރިއަށް ގެންދިޔަ މިއޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 181 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
Ads by BMLމި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށްވެސް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
Ads by MACL
