މަނަދޫ ޤުރުއާން މަރުކަޒުގެ 40 އިންސައްތަ މަސައްކަތް ނިމިއްޖެ
ނ. މަނަދޫގައި ޤާއިމުކުރާ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމި، މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަވެއްޖެއެވެ.
އެންމެ ފަހުގެ މަޢުލޫމާތުތައް ދައްކާގޮތުން، މިހާރު ވަނީ އެ ޢިމާރާތުގެ ފާރުތައް ރާނާ މުޅިން ނިންމާލާފައެވެ. އަދި މުޅި މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 40 އިންސައްތަ މިހާރު ވަނީ މުޅިން ނިމިފައެވެ.
މަނަދޫގައި ބިނާކުރާ މި ޒަމާނީ މަރުކަޒަކީ ދީނީ އިލްމާއި ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
Ads by BMLއެގޮތުން މި ޢިމާރާތުގައި ހިމެނެނީ:
• ކިޔަވައިދިނުމަށް ޚާއްޞަ 3 ކިލާސް ރޫމް
• ފޮތްތެރިކަމަށް ލައިބްރަރީއެއް
• ބައްދަލުވުންތަކަށް ކޮންފަރެންސް ރޫމެއް
• އިދާރީ ހިންގުމަށް ޚާއްޞަ އޮފީސް ބައެއް
• ޤުރުއާން ހިތުދަސްކުރާ ކުދިންގެ ޙިފްޡު ޓެސްޓުކުރުމަށް ޚާއްޞަ ތަނެއް
މި މަޝްރޫޢަކީ އަތޮޅުތެރޭގައި ދީނީ ތަޢުލީމު ކުރިއެރުވުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިންގޭ މަޝްރޫޢެކެވެ.
Ads by MACL
